Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅަށް އަދި ފުވައްމުލަކާއި އައްޑޫ ސިޓީ އަށެވެ. އެލާޓް ނެރެފައިވަނީ މިރޭ 10 ޖެހުމާ ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވެ އުދަ އެރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވަނީ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ސަރަހައްދުގައި އަދި ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން މީގެކުރިން ވެސް ވަނީ ލަފާކޮށްފައެވެ.

އެގޮތުން މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް ވަނީ އެދިފައެވެ.