ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން އައްޑޫއާއި ފުވައްމުލަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 08:00 އިން މެންދުރު 01:00 އަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ އުދަ އެރުން އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ހެނދުނު 10:00 އާ ހަމަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ވަގުތުގައި 30 މޭލާ ހަމައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.