Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ފްލެޓް ނިންމަން ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދަން ގޮވާލައިފި

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރުމުގެ އިހްތިޔާރު ރައްޔިތުންނަށް ދިނުމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދޭންޖެހޭކަމަށެވެ.

އެގޮތުން އެ ރައްޔިތުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހްތިޔާރު އެ ރައްޔިތުންނަށް ލިބޭނެގޮތް ހެދުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ނެރެފައިވާއިރު ފްލެޓުގެ ފިނިޝަންގެ ބައެއް މަސައްކަތްތަކަކީ އެ ފަރާތްތަކުން އަމިއްލައަށް ކުރަންޖެހޭ ހަރަދުތަކެވެ. ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަޏީ 7500 ރުފިޔާއެވެ.