Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ވައިގަދަވެ ނައިފަރު ގެއެއްގެ ފުރާޅު އެއްލާލައިފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ޅ. ނައިފަރު ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ވައިގަދަވެ ނައިފަރު ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑިއެފް ނޮދަން އޭރިއާ ސިފައިންނާއި ފުލުހުން އަދި ރަށު ކައުންސިލާއި ރައްޔިތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ. އަދި ބައެއް ރަށްރަށަށް އަންނަނީ އުދައެރުމުގެ ހާދިސާތައް ކުރިމަތި ވަމުންނެވެ.