Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރަނީ

މ. މަޑުއްވަރިއަށް މިއަދު އުދަ އަރާފައި--

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ވައިގަދަ ވުމާ ގުޅިގެން ގިނަ ރަށްތަކަށް އުދަ އަރަން ފަށައިފިއެވެ.

އެގޮތުން މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވަ މަންޒަރުތަކުން ރަށްރަށަށް ވަރަށް ބޮޑަަށް އުދަ އަރާ، މީހުން ދިރިއުޅޭ ގެތަކަށްވެސް ރާޅު ވަންނަމުންދާ މަންޒަރު ފެނިގެން ދެއެވެ.

މެޓް އޮފީހުން ވަނީ އުދައަރާނެ ކަމަށް ލަފާކޯށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން ވައިގަދަވެ ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފިހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި 25 މޭލު ބާރު މިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރު މިނުގައި ވައިގަދަވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.