Last Updated: June 20, 23:30
Monday, June 21, 2021
ކުޅިވަރު

އިންޓަގެ ކޯޗުކަމުން ކޮންޓޭ ވަކިވެއްޖެ

އިންޓަ މިލާންގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވެއްޖެއެވެ.

އިންޓަގެ ކޯޗުކަމުން ކޮންޓޭ ވަކިވެފައިމިވަނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އޮއްވައެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮންޓޭ އިންޓަގެ ކޯޗުކަމުން ވަކިވީ އެ ކްލަބުގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ކުޅުންތެރިން ވިއްކަން ޖެހުމުން ސްކޮޑު ބަލިކަށި ވެދާނެތީ އެކަމުގެ ހިތްހަމަނުޖެހުންތަކާއެކުގައެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އިންޓަގެ މުހިއްމު އެއް ކުޅުންތެރިއަކު ވިއްކާލުމުގެ ވިސްނުން އެ ކްލަބުން ގެންގުޅޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2019 ވަނަ އަހަރު އިންޓަގެ ކޯޗުކަމާ ހަވާލުވި ކޮންޓޭ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ އަށް ހޯދާދީފައެވެ. އެއީ 2010 ވަނަ އަހަރަށްފަހު އިންޓަ އިން ހޯދި ފުރަތަމަ ލީގު ތަށްޓެވެ. މީގެއިތުރުން ކޮންޓޭ ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ވެސް އިންޓަ ގެންގޮސްދީފައެވެ. ނަމަވެސް ފައިނަލްގައި އެޓީމު ވަނީ ސެވިއްޔާ އަތުން ބަލިވެފައެވެ.

ކޮންޓޭ އަށްފަހު އިންޓަގެ ކޯޗުކަމާ ހަވާލުވުން ދެން އެންމެ ގާތީ ލާޒިޔޯގެ މިހާރުގެ ކޯޗު ސިމޯނޭ އިންޒާގީ ކަމަށް ރިޕޯޓުތައް ބުނެއެވެ.