Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

1 ޖުލައިއިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮވާނެ

ޖުލައި 1 ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ "ނެޓް ހެޔޮ" އިވެންޓުގައި ވަނީ ހެޔޮ ކުރެވުނު އަގުތަކާއި ސްޕީޑަށް ގެނެވޭ ބަދަލުގެ ތަފްސީލު ހާމަކޮށްފައެވެ.

ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެކަމަށެވެ.

އިންޓަރނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ–