Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ، ޖުމުލަ އަދަދު 149 ކަށް

ކޮވިޑުގައި ނިޔާވި މީހެެއްގެ ޖަނާޒާ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެއޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 02:41 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 149 ކަށް އަރާފައެވެ. 

ކޮވިޑްގައި ގިނަ އަދަދަކަށް ރާއްޖެއިން މީހުން މަރުވަމުންދާއިރު، މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 24،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެތެރެއިން 280 އަށް ވުރެ ގިނަ މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.