މާލެސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މުއިއްޒު މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ޙާލަތުން މާލޭގެ ރައްޔިތުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓިގެ މެންބަރުން އެޗް.އީ.އޯ.ސީގެ ކޯލްސެންޓަރގައި ކޯލްްތަކަށް ޖަވާބުދިނުމުގައި ހަރަަކާތްތެރިވާން ފަށާގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ކޮވިޑްގެ ޙާލަތުން މާލޭގެ ރައްޔިތުން ސަލާމަތްކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓިގެ މެންބަރުން މާދަމާއިން ފެށިގެން އެޗް.އީ.އޯ.ސީގެ ކޯލްސެންޓަރގައި ކޯލްްތަކަށް ޖަވާބުދިނުމުގައި ޙަރަަކާތްތެރިވާން ފަށާގޮތަށްވަނީ ހަމަޖެހިފައި
— Dr Mohamed Muizzu (@MMuizzu) May 26, 2021
މާލޭގައި އަދި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި ވެސް ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންއަންނަައިރު، އިއްޔަވެސް މާލެއިން ވަނީ 890 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 24،867 ކޭސް ތިބިއިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 285 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.