ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ހިސާބުތަކަށެވެ.
މެޓް އޮފީހުން އެ ހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 02:00 އާ ހަމައަށެވެ.
މި ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވެ އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އިއްޔަވެސް ޔެލޯ އެލާޓް ނެރެފައިވާ ވަގުތުގައި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.