ފޮނުވިތާ 2 އަހަރު ފަހުން އަގު އިއުލާން ކުރީ އަމާބުނީތީ ފަރަށް ދާ އުސޫލުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ އިންޓަނެޓްގެ ހިދުމަތުގެ ހެޔޮ އަގުތައް ސަރުކާރުން އިއުލާނު ކުރުމާ ގުޅިގެންނެވެ.
މަލީހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އިންޓަނެޓްގެ އަގުތައް ހެޔޮ ކުރުމަށް ފޮނުވިތީ ދެ އަހަރު ފަހުން ސަރުކާރުން އަގުތައް އިއުލާނު ކުރީ އަމާބުނީތީ ފަރަށްދާ އުސޫލުން ކަމަށެވެ.
ކޮންމެ އޮޕަރޭޓަރެއް އޮފާރކޮށްފައި ހުރި ޕްލޭން ތަކާއި ޕެކޭޖްތަކުގެ އަދަދުތައް މިނިސްޓަރު ޝައުނާ ދަސްކުރައްވަން ޖެހޭކަމަށް މަލީހްގެ ޓްވީޓްގައިވެއެވެ. އަދި ކުންފުނިތަކުން އޮފަރ ކުރީ އެންމެ ތިން ޕެކޭޖް ނޫން ކަމަށްވެސް މަލީހް ވިދާޅުވިއެވެ.
ފޮނުވިތާ 2 އަހަރު ފަހުން އަގު އިޢުލާން އެކުރީ އަމާބުނީތީ ފަރަށް ދާ އުސޫލުން. މިނިސްޓަރ ޝައުނާ އަދި ދަސްކުރައްވަން އެބަޖެހޭ ކޮންމެ އޮޕަރޭޓަރެއް އޮފާރކޮށްފަ އިން ޕްލޭން ތަކާއި ޕެކޭޖްތަކުގެ އަދަދުތައް .އެންމެ 3 ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފަރ ކުރަނީ. މިއީތޯ ހައްގު މިންވަރު? pic.twitter.com/kiJBf1Ozns
— Mohamed Maleeh Jamal (@maleehjamal) May 27, 2021
ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ކުންފުނިތަކާގުޅިގެން ގެނައިބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.
މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެކަމަށެވެ.
އިންޓަރނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.