ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވަނީ ސައިކަލު ދުއްވަން އިން މީހާ އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެމީހާ ފުލުހުންނަށް ދެނެގަނެވިފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާ، މަރުވެފައިވަނީ އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އޭނާ މަރުވެފައިވަނީ ކަރަށް ގާޑިޔާގެ ބައެއް ހެރުމާ ގުޅިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ އެސަރަހައްދުގައި މަޑުނުކޮށް ފިލާފައިވާ ކަމަށް ރޭ ފުލުހުން ބުނެފައިވެއެވެ.