Last Updated: June 8, 06:42
Monday, June 8, 2026
މީހުން

ޒީނަތު ފޭދޫ ދާއިރާ އަށް ކުރިމަތިލަނީ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވުމާލުމާ ގުޅިގެން، ސ. ފޭދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ފޭދޫ އަވަށު ބޯޑްގެ ނައިބް ރައީސް ހައްވާ ޒީނަތު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޓިކެޓްގައި ވާދަ ކުރަން ވެސް ފުރުސަތު ހުޅުވާލައިފައި ވަނިކޮށް، ޒީނަތު އޭނާގެ އެފްބީ ސްޓޭޓަސްގައި ވިދާޅުވީ އޭނާ ފޭދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމެވީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށްގެން އެމްޑީޕީގެ ޓިކެޓްގައި ކަމަށެވެ.

ސިޓީ ކައުންސިލެއް އޮތް އައްޑޫގައި، ފޭދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ އެމްޑީޕީ އަށް ނިސްބަތްވާ އަހުމަދު މިރުޒާދެވެ.