ސްޕޭސްއެކްސްއިން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ފަށާފައިވާ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް މަނާ ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޒަމާޏްތަކެއް ވަންދެން ހުރި މައްސަލަތަކަށް ބޭނުންވަނީ އުފެއްދުންތެރި ހައްލުތަކެއް ކަމަށާއި، އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އަދި ސްޕޭސްއެކްސްގެ ހައިސްޕީޑް އިންޓަނެޓް ހިދުމަތް، ސްޓާލިންކް ލިބެންފެށުމުން އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ޝައުނާ ވިދާޅުވިއެވެ.
Welcome innovative solutions to longstanding problems. The Maldivian government has no intention to block SpaceX’s high-speed internet service Starlink, once it becomes available in the region. #NetuHeyo
— Shauna Aminath 🎈❓ (@anuahsa) May 27, 2021
ސްޓާލިންކް ރާއްޖެއަށް މަނާކުރުމުގެ ވިސްނުން ނެތްކަން މިނިސްޓަރު ޝައުނާ މިއަދު ހާމަކުރައްވާފައިމިވަނީ ރާއްޖޭގައިދޭ އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާ އެކަން ސަރުކާރުން އިއުލާނު ކުރުމަށްފަހުއެވެ.