މިއަހަރު ޖެނުއަރީއިން ފެށިގެން މިހާތަނަށް އުމުރުން 10 އަހަރުން ދަށުގެ 5000 އަށްވުރެއް ގިނަ ކުދިންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުގައި ވާގޮތުން ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މިތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީއިން ފެށިގެން ދުވާލަކަށް އެވްރެޖް ކޮށް 10 އަހަރުން ދަށުގެ 52 ކުދިން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.
އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން މާލޭގައި އަދި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ކޮވިޑް-19 ބާރަށް ފެތުރެމުން އަންނައިރު މިވަގުތުވެސް އެކްޓިސް ކޭސްތަކުގެ ގޮތުގައި 24،800 އަށްވުރެއް ގިނަ ފަރާތް އެބަތިއްބެވެ.
އަދި މިހާތަނަށް 150 މީހުން މި ބަލީގައި މަރުވެފައިވާއިރު، މި މަހު އެކަނިވެސް މިހާތަނަށް 77 މީހުން ވަނީ ބަލީގައި މަރުވެފައެވެ.