Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ދުވާފަރު ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިއްޖެ

ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.