Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އިންތިހާބީ ކާމިޔާބު ވެހިކަލް ބުރެއް ބާއްވައިފި

ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް ރިއާސީ އިންތިހާބް ކާމިޔާބް ކުރެއްވުމާއި ގުޅިގެން އުފާ ފަޅުކުރުމަށް މިއަދު ހަވީރު އައްޑޫގައި ވެހިކަލް ބުރެއް ބާއްވައިފި އެވެ.

ޕީޕީއެމް ކޯލީޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީން އިންތިޒާމް ކުރި މި ވެހިކަލް ބުރު ފަށާފައިވަނީ ހިތަދޫ ޖޭޕީ ޖަގަހަ ކުރިމަތިންނެވެ. މި ބުރުގައި ޖޭޕީގެ އިތުރުން ޕީޕީއެމް އާއި ގުޅިފައިވާ އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ އިތުރުން ޔާމީނަށް ތާއިދު ކުރެއްވި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރިއާސީ އިންތިހާބް ޔާމީން ކާމިޔާބް ކުރެއްވުމާއި ގުޅިގެން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އުފާ ފާޅު ކުރަމުންނެވެ.