Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އަޝްފާގު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އަޝްފާގް ބުނެފައިވަނީ، އޭނާ އިއްޔަ ދުބާއީގައި ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ޤައުމީ ޓީމާއެކު މިވަގުތު ދުބާއީގައި ހުރި އަޝްފާގް ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ބުނެފައިވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ގައުމީ ޓީމާއެކު ބައިވެރިނުވެވޭތީ ހިތާމަ ކުރާކަމަށެވެ.

ދަގަނޑޭގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ގައުމީ ޓީމުގެ ކޭމްޕް އޭނާ ދޫކޮށްލައިފައި ވަނީ މިދިޔަ ހަފްތާގައެވެ.