ކުޑަކުއްޖަކަށް ބިރުދައްކާ ބްލެކްމޭލް ކުރި މީހަކަށް ދައުވާކުރުމަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކާ ބްލެކްމޭލް ކުރާ މައްސަލައެއް 2020 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މިމައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަލަ ޕްރޮސިެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވުމައްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ އިދާރާއިން އަޅާފައިވާކަމަށެވެ.