Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ވިއްސާރާގައި ބަޔަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / އަވަސް

ވައިގަދަވެ ކަނޑުގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން އައްޑުސިޓީއާ ދެމެދުގެ ހިސާބުތަކަށެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ކަނޑުތައް ގަދަވެ އުދައެރުން އެކަށީގެންވާކަމަށެވެ.