Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އެސް.ޕީ.ޖީ އަށް ބަދަލު ގެނައުމަށް ރައީސް އަންގަވައިފި

ދައުލަތުގެ އިސްވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދޭ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް (އެސް.ޕީ.ޖީ)އަށް ބަދަލު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ އެސްޕީޖީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސްއަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ އަންގަވާފައިވާކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއްނުވެއެވެ.

ރައީސް މިފަދައިން މިނިސްޓަރު މާރިޔާއަށް އަންގަވާފައި ވާއިރު އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކުރިކަން އިއްޔަ ވަނީ ހާމަކޮށްފައެވެ. އެގޮތުން އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު ވަނީ އައްޔަންކޮށްފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ މައްސަލަ މަޖިލީހުން އަންނަނީ ބަަލަމުންނެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓިއާ ގުޅުންހުރި މައުލޫމާތުތަކެއް މީޑިއާއެއްގައި ހާމަކޮށްފައިވާތީ އެކަންވެސް މަޖިލީހުން އަންނަނީ ބަލަމުންނެވެ.