Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ކޮވިޑް ފިޔަވަޅުތަކާ ހިލާފުވާ ބިދޭސީން ޑީޕޯޓްކުރަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ވާކް ވިސާ ނެތި އަދި ކޯވިޑް-19އާއި ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތައް ހިފަހައްޓާ ހުޅުމާލެ ފޭސް-2 ގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޕްރޮގްރާމް ކުރިއަށްދާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ފުލުހުން ހިފަހައްޓާ އިމިގްރޭޝަނަށް ހަވާލުކުރުމުން އެމީހުން ޑިޓެންޝަން ސެންޓަރަށް ގެންދިއުމުގެ ޚިދުމަތް ފޯރުވައިދެނީ އެމްޕީއެލްއިން ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެއަށްފަހު އެފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އެއޮންނަ އެސޫލުން ކުރިޔަށް ދާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.