ވައިގަދަވެ ކަނޑުތައް ގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އަދި ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޯށް އެކަމަށް ސަމަލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. ކަނޑުގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނި 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.