Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ދިއްފުށްޓަށް އުދަ އަރާތީ ކުއްލި މައްސަލައެއް

މިދިޔަ ހަފްތާގައި ދިއްފުއްޓަށް އުދަ އެރުން--

ކ. ދިއްފުއްޓަށް ހުއްޓުމެއް ނެތި އުދަ އަރާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 21 މެމްބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ނަސީމް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިފާއިތުވި ހަފްތާގައި ވަރަށް ބޮޑަށް ދިއްފުށްޓަށް އުދަ އަރަމުން އަންނަކަމަށާއި، އަދި އެކަމުގެ ސަބަަބުން ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައިވެއެވެ.

ފާއިތުވި ހަފްތާގައި މެދު ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް އުދަ އެރާ، އެ ރަށްރަށުން އެ ކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.