Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

އޯގާތެރި ސަރުކާރެއްގެ މަންޒަރު މިސަރުކާރުން ގެއްލިއްޖެ: ހަސަންޓޭ

މެމްބަރު ހަސަން އަހުމަދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޯގާތެރި ސަރުކާރެއްގެ މަންޒަރު މި ސަރުކާރުން ގެއްލިފައިވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހަސަން ވިދާޅުވީ އެމްޑިޕީން ވަކާލާތު ކޮށްގެން އައީ އޯގާތެރި ސަރުކާރެއް އުފައްދާނެ ކަމުގެ ވާހަކައާ އެކު ކަމަށާއި، އެހެންނަމަވެސް މިއަދު އެ މަންޒަރު މުޅިން ގެއްލި ހިނގައްޖެކަމަށެވެ.

ހަސަން ވިދާޅުވީ އާންމުކޮށްފައިވާ ވާހަކަތަކުން ގެއްލުން ލިބެނީ ހަމައަކީ ރައީސް ނަޝީދަށް ނޫންކަމަށާއި، އެ ރިޕޯޓްގެ ސަބަބުން ރާއްޖޭގެ އެތައް ރައްޔިތުން ބިރުވެރިކަމަށް ހުށަހެޅިގެން ހިނގައްޖެ ކަމަށެވެ

މީގެ އިތުރުން ހަސަން ވިދާޅުވީ ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ އިތުބާރު ނެތި ދިޔުމަކީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށާއި، ގައުމީ ސަލާމަތާ ގުޅޭ ލިޔުންތައް ޝާއިއުކުރުމުގައި ވިސްނަން ޖެހޭ ކަމަށެވެ.