Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

3 ފޯނު ވަގަށް ނެގި މީހަކު ހޯދަނީ

ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މި މީހާއަކީ އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެމީހާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (އިންސިޓެންޑް ނަންބަރަކީ 484557) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.