Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

އަނަސް ބަރ ކައުންސިލުން އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު - ފޮޓޯ: ރާއްޖެއެމްވީ

އަނަސް އަބްދުއްސައްތާރު ބަރ ކައުންސިލްގެ އެކްސެކިއުޓިވް ކޮމިޓީން އިސްތިއުފާ ދެއްވައިފިއެވެ.

ބަރ ކައުންސިލުން ކުރި ޓްވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު، އަނަސް އެކްސްކޯއިން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމު މީގެ ކުރިން ފުރުއްވި އަނަސް ވަނީ މިފަހުން މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާފައެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުއިއްޒު އެވެ.