Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

މިއަދު މިހާތަނަށް ހަތަރު މަރު، ޖުމުލަ އަދަދު 165 ކަށް

ކޮވިޑް-19 ގައި މިއަދު މިހާތަނަށް 4 މީހުން މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކާއި ބ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓިން މަރުވެފައިވަނީ 70 އަހަރުގެ ދިވެހި ފިރިހެނަކާއި، 50 އަހަރުގެ ދިވެހި ފިރިހެނަކާއި 59 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ބ. ކޮވިޑް ފެސިލިޓީގައި މަރުވެފައިވަނީ 87 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 165 ކަށް އަރާފައެވެ.