ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤަނޫނަށް ގެނެސްފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ވަނީ އެ ބިލު ހުށަހަޅާފައިވާގޮތަށް ފާސްކޮށްފައެވެ.
އެ ބިލު ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ. އާޒިމް ހުށަހެޅުއްވި ގޮތަށް ބިލު ކިމިޓީން ފާސްކޮށްފައިވާއިރު ދެން އެ ބިލު ފޮނުވަނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މަޖިލީހަށެވެ.
ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމުގެ ބިލު ހުށައަޅާ ސަބަބެއްގެ ގޮތުން އާޒިމް ފާހަގަކުރައްވާފައިވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާކަމަށެވެ.