ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް އިއުލާންކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަނޑި އިތުރުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން 16 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލީ އޭޕްރިލް 9 ވަނަ ދުވަހުއެވެ.
ބީލަން ހުށައެޅުމަށް ކުރިން އޮތީ ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މުއްދަތު 24 ޖޫންގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނުހަނު ފަހުންވަނީ މި ރަށްރަށުގެ އިކުއިޒިޝަން ކޮސްޓްވެސް ކުޑަކޮށްފައެވެ. އެގޮތުން ރަށްތަކުގެ އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައިވެއެވެ.