އެޑިއުކޭޝަން މިނިސްޓްރީން ޓިކްޓޮކް އެކައުންޓެއް ނުގެންގުޅޭކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިފަދައިން ބުނެފައިވަނީ، އެ މިނިސްޓްރީގެ ނަމުގައި ޓިކްޓޮކްގައި އެކައުންޓެއް ހުޅުވާފައިވުމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓިކްޓޮކް އެކައުންޓުން އެއްވެސް ވީޑިއޯއެއް އާންމުކޮށްފައިނުވެއެވެ.
އެޑިއުކޭޝަނުން ބުނެފައިވަނީ އެ މިނިސްޓްރީގެ ނަމުގައި ހިންގަމުން އަންނަ ޓިކްޓޮކް އެކައުންޓަކީ އެ މިނިސްޓްރީގެ އެކައުންޓެއް ނޫންކަމަށެވެ.
ޓިކް ޓޮކްގައި “educationministrymv”ގެ ނަމުގައި ހަރަކާތްތެރިވާ މި އެކައުންޓަކީ މި މިނިސްޓްރީގެ އެކައުންޓެއް ނޫންކަން އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. pic.twitter.com/5rtCFrsWEw
— Ministry of Education (@MoEdumv) June 1, 2021
ދިވެހިންގެ ތެރެެއިން ގިނަ ބަޔަކު ޓިކްޓޮކް ބޭނުންކުރަމުން އަންނައިރު ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ޓިކްޓޮކް ބޭނުންކުރެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސް ފާހަގަކޮށްލެވެއެވެ.