މޭ 26 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓަކަށް ފަހު ފިލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 26 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ފިލާފައިވާ ކަމަށް ބުނި ވާހަކައަށް އިންކާރުކޮށްފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާ، މަރުވެފައިވަނީ އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އޭނާ މަރުވެފައިވަނީ ކަރަށް ގާޑިޔާގެ ބައެއް ހެރުމާ ގުޅިގެންނެވެ.
މި އެކްސިޑެންޓަށްފަހު ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ މޭ 31 ވަނަ ދުވަހުއެވެ.