Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

މިޝްކާގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިޝްކާގެ މަރާ ގުޅިގެން އެޗްއާރްސީއެމުން ބުނެފައިވަނީ ކޮވިޑް-19 ގެ މި ހާލަތުގައި ސިއްޙީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާ ވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ބަލިމީހާއަށް ލިބެންޖެހޭ ޚިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން އެޗްއާރްސީއެމުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ. އަދި މިކަން ހިިނގާފައިވާގޮތް ބަލާނެ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަ ކުއްޖާ ރޭގައި ނިޔާވެފައިވާއިރު، އެ ކުއްޖާގެ ހާލު ބޮޑުވެ އެމްބިއުލަންސްއަށް ގުޅައިގެން އައިސްފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އަދި އެ މައްސަލަ ހެލްތް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.