Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

މަރަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހާމިދު ރަޝީދު

ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަނު ކުރުމަށް ނިންމާފައިވާ އަލްއުސްތާޛު ހާމިދު ރަޝީދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ އަލްއުސްތާޛު ހާމިދު ރަޝީދު ސ. މަރަދޫ މެޖިސްޓްރޭތް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމެވުމާއި ގުޅިގެން މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާޓު މިއަދު އޮންލައިން ކޮށް ބައްވާފައިވާކަމަށެވެ.

ހާމިދު ރަޝީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލާރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާރސް ހާސިލު ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕްރޮސިކިއުޓަރެއްގެ މަޤާމުގައި 2 އަހަރާއި 5 މަސް އަދާކުރައްވާފައިވެއެވެ.