Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 172 ކަށް

ކޯވިޑްގައި މަރުވި މީހެއްގެ ޖަނާޒާ ބާއްވަނީ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރިޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފައިވަނީ ރޭ 12:48 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ. 

މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 172 ކަށް އަރާފައެވެ.

މިދިޔަ މަރު ރާއްޖޭގައި ވަނީ ގިނަ އަދަދަކަށް ކޮވިޑް-19 ގައި މީހުން މަރުވެފައެވެ.