Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އެމެރިކާއިން ރާއްޖެއަށް ސިއްހީ ސާމާނު ފޯރުކޮށްދެނީ

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ސިއްހީ ސާމާނު އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން ކުރާ މަސައްކަތުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

އެގޮތުން ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ޔޫއެސް އެއިޑްގެ އެހީގެ ދަށުން ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު މިއަދު ފްލައިޓެއް ފުރާނެކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި މީގެ ކުރިންވެސް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.