Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕެކޭޖްތަކެއް ތައާރަފްކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖް ތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓިމިއުލަސް ޕެކޭޖެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެ ޕެކޭޖް ތައާރަފް ކުރުމުގެ މަސައްކަތް ލަސްވެގެން ދިޔައީ މިނިސްޓްރީގެ ޓީމްގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށާއި، އެހެންނަމަވެސް އެ ޕެކޭޖް ވަރަށް އަވަހަށް ތައާރަފް ކުރައްވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މީގެ ކުރިންވެސް ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ވަނީ ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތަކެއް ހަމަޖައްސާފައެވެ.