މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ، މައްޗަންގޯޅި ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު 11:04 ހާއިރު ކަމަށެވެ.
މި މައްސަލައިގައި ޒަހަމް ވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާއަށް އަންނަނި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.
މި މައްސަލައާގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.