Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނީ ދިވެހި ދައުލަތް: ރައީސް ނަޝީދު

އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނީ ދިވެހި ދައުލަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އާންމު ކުރައްވަފައިވާ ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލަމް ދީން ކަމާއި، އިސްލާމް ދީނާއި ހިލާފަށް ދައުލަތުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށެވެ.

އަދި މީހަކު ލާދީނީ ވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިިންގޭނެ ކަމަށާއި، އަދި އަދަބުވެސް ހިންގާ ކަމަށް ވިދާޅުވިއެވެ.

"އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނީ ދިވެހި ދިވެހި ދައުލަތެވެ. މި ދައުލަތް ރޭވިފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައް ތަކެއް ހުރެއެވެ." ރައީސް ނަޝިދު ލިޔުއްވާފައިވެއެވެ.

ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އޭގެ މައްޗަށް ޖިނާއީ ދައވާ އުފުލޭނެ ކަމަށެވެ. އެއްވެސް މީހަކު ޤާނޫނާ ހިލާފު ވާނަމަ، އެ ރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށްވެސް ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއް ނޫން ކަމަށާއި، އެކަންކުރާނީ ދައުލަތުގެ ވުޒާރާ ތަކުން ކަމަށެވެ. އަދި ތިމަންނާ އަކީ ދައުލަތް ކަމުގައި ދެކުމުގެ ޖާގަ ނެތްކަމަށްވެސް ލިޔުއްވާފައިވެއެވެ.