Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ޕާލިމެންޓަރީ އިންކުއަރީއަށް ސީޕީ ހަމީދު ހާޒިރުކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ސީޕީ ހަމީދު މިއަދު ހާޒިރުކޮށްފައިވާއިރު، ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭ ބައެއް ކަންކަމުގައި އިދާރާތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އެގޮތުން އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމަށާއި، ޖަވާބުދާރީ ވާނީ މުޅި ސިފައިންގެ ހިދުމަތުގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށް އަމާޒުވެފައެވެ. އަދި ރައިސް ނަޝީދުވެސް ވެސް ވަނީ އެމަނިކުފާނުގެ ރައްކަލަށް މަސައްކަތްކުރި ހަށިފާރަވެރިންގެ ބަސް ވަކިން ނީއްވޭނެ ކަމަށް ބުނުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކޮމިޓީއަށް ވަކިވަކި ފުލުހުން ހާޒިރުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މިއަދު 30 ދުވަސް ވާއިރު، އެ ހަމަލާއަށް ފަންޑް ކުރި ބަޔަކު ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.