Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ތިލަފުށިން އަރާ ވިހަ ދުމުން މާލޭ ރައްޔިތުން އަދިވެސް ސަލާމަތް ނުވޭ: މަލީހް

މުހައްމަދު މަލީހް ޖަމާލް--

ތިލަފުށިން އަރަމުންދާ ވިހަ ދުމުން މާލޭ ރައްޔިތުން އަދިވެސް ސަލާމަތްކޮށް ނުދެވޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ތިމާވެށިގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވެފައިވަނީ ތިލަފުށިން އަރަމުންދާ ވިހަ ދުމުން މާލޭ ރައްޔިތުން އަދިވެސް ސަލާމަތްކޮށް ނުދެވޭ ކަމަށެވެ.

ގްރީން ފަންޑުގައި ބިލިއަނަކާ ގާތްކުރާ ފައިސާ އެބަހުރި ކަމަށާއި، ގްރީސް ޓެކްސް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ތިލަފުށި ކުނީގެ މައްސަލަ ހައްލުކުރުން ކަމަސްވެސް ވިދާޅުވެފައިވެއެވެ.

އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަލީހް މިނިސްޓަރު ކަމުން ދުރުކުރި ފަހުން އަންނަނީ ހުއްޓުމެއް ނެތި ސަރުކާރަށާއި މަޖިލީހަށް އެކި ކަންކމުގައި ފާޑުކިޔަމުންނެވެ.