Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އީޕީއޭ ބާރުވެރިކޮށް މިނިވަން ކުރުމަށް ވީ ވައުދު ފުއްދަން ޖެހޭ: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު - ފޮޓޯ: މަޖިލިސް

އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރުވެރިކޮށް މިނިވަން ކުރުމަށް މި ސަރުކާރުން ވެފައި ވާއުދު ފުއްދަން ޖެހޭކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ތމާވެށީގެ ދުވަހާ ގުޅިގެން ވައްޑޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ހަރުދަނާ ނިޒާމެއްގެ ތެރޭގައި ހިފަހައްޓާފައި ބޭއްވުމަށް، އީޕީއޭ ބާރުވެރިކޮށް މިނިވަން ކުރުމަށް ވީ ވައުދު ފުއްދަން ޖެހޭ ކަމަށެވެ.

އަދި އެ ވައުދު ނުފުއްދަ މިހާރުވެސް މާ ލަސްވެފައިވާކަމަށް ވައްޑޭ ވިދާޅުވިއެވެ.

"އެވަޢުދު ރޫޅާލެވިގެން ނުވާނެ. މިހާރުވެސް މާލަސްވެއްޖެ!" ވައްޑޭގެ ޓްވީޓްގައިވެއެވެ.

މި ސަރުކާރުގެ ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯގައި ބުނެފައިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ މިނިވަން މުއައްސަސާއަކަށްވެ ތިމާވެށީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތަކުގެ ތެރެއިން ވަކިކުރެވި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެވިފައިވާ މަސައްކަތްތަކާއި އަދި އެހެން މުއައްސަސާއެއްގެ ދަށަށް ގެނެވިފައިވާ މަސައްކަތެއް ވާނަމަވެސް އެމަސައްކަތެއް އަނބުރާ އީ.ޕީ.އޭ. އަށް ބަދަލުކޮށް އީ.ޕީ.އޭ މިނިވަންކޮށް ހިންގޭނެގޮތް ހަދާނެ ކަމަށެވެ.