Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ހިތަދޫ ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ އަށް

މަރިޔަމްދީދީ މާލެ ގެންގޮސް އެމްބިއުލާންސަށް އަރުވަނީ. ފޮޓޯ/ އެމްއެންޑީއެފް

ސ.ހި ތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ހާލުދެރަ ބަލި މީހަކު ސިފައިންގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި އެވެ.

އިއްޔެ ހަވީރު 15:35 ހާއިރު މާލެ ގެސްގޮސް ދީފައި ވަނީ ހިތަދޫ ބަހާރުގޭ އުމުރުން 66 އަހަރުގެ މަރިޔަމް އިބްރާހިމްދީދީ އެވެ.

އޭނާ މާލެ ގެންދިޔައީ ހުން އައިސް ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވެ ހާލުދެރަވުމާ ގުޅިގެން އިތުރު ފަރުވާ އަށް މާލެ ގެންދިއުމަށް ރީޖަނަލް ހޮސްޕިޓަލުން އެމްއެންޑީއެފް ސަދަން އޭރިއާގައި އެދުމުންނެވެ.

މަރިޔަމްދީދީ އަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.