Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ކޮވިޑް ގައި އިތުރު މަރެއް، ޖުމުލަ އަދަދު 183

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ 00:47 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެކެވެ. މިއާއެކު ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނި 183 ކަށް އަރާފައެވެ.

އިއްޔަ ރާއްޖެއިން ވަނީ ކޮވިޑް-19 އަށް 590 މީހުން ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 389 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 195 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67،538 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 20،014 ކޭސް އެވެ. މި ބަލިން 47،333 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 191 މީހަކަށެވެ.