ކޮވިޑް-19 ގައި ރާއްޖެއިން މިއަދު އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 08:00 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާ އެކު ރާއްޖެއިން ކޮވީޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 184 ކަށް އަރާފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67،538 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 20،014 ކޭސް އެވެ. މި ބަލިން 47،333 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 191 މީހަކަށެވެ.