ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ، ޝިފާ މުޙައްމަދު ވަޑައިގަތުން pic.twitter.com/uGnlfGsD3c
— People's Majlis (@mvpeoplesmajlis) June 6, 2021
ޝިފާ 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރު ކުރިއިރު، ޝިފާ ކައުންސިލްގައި ހުރިއިރު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ގޯޅީގައި، ސިފައިންގެ އެދުމަށް، ޕާކް ނުކުރެވޭ ގޮތް ހެދުމަށް ސިޓީ ކައުންސިލުން އޮތީ ހައުސިން މިނިސްޓްރީގައި އެދިފައެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެކަން ކޮށްފައެއް ނުވެއެވެ. އަދި އެ ބޮމުގެ ހަމަލާއަށް ފަހު އެ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ލީކްކޮށްލިއިރު، އެފަހުން އެ ގޯޅީގައި ޕާކް ނުކުރެވޭގޮތް ވަނީ ހަދާފައެވެ.
ޝިފާ ޕާލިމެންޓަރީ އިންކުއަރީއަށް ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ހާޒިރު ކުރާގޮތށް އޮތީ ހަމަޖެހިފައެވެ.
މި އިންކުއަރީގައި އިއްޔަ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.