ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ވަޑައިގަތުން pic.twitter.com/8lQwggJLH2
— People's Majlis (@mvpeoplesmajlis) June 6, 2021
މިނިސްޓަރު އިސްލަމް އިންކުއަރީއަށް ހާޒިރު ކުރިއިރު، މިއަދު ވަނި މާލެސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް އިންކުއަރީއަށް ހާޒިރުކޮށްފައެވެ.
ޝިފާ ކައުންސިލްގައި ހުރިއިރު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ގޯޅީގައި، ސިފައިންގެ އެދުމަށް، ޕާކް ނުކުރެވޭ ގޮތް ހެދުމަށް ސިޓީ ކައުންސިލުން އޮތީ ހައުސިން މިނިސްޓްރީގައި އެދިފައެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެކަން ކޮށްފައެއް ނުވެއެވެ. އަދި އެ ބޮމުގެ ހަމަލާއަށް ފަހު އެ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ލީކްކޮށްލިއިރު، އެފަހުން އެ ގޯޅީގައި ޕާކް ނުކުރެވޭގޮތް ވަނީ ހަދާފައެވެ.
އިންކުއަރީއަށް މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ހާޒިރު ކުރާގޮތަށް އޮތީ ހަމަޖެހިފައެވެ.
މި އިންކުއަރީގައި އިއްޔަ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.