ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގުގެ ތެރެއިން އެކި ގޮތްގޮތުން 150 އަށްވުރެއް ގިނަ ފަރާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އަދި މިހާތަނަށް މި ހަމަލާއާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ޖުމުލަ 25 އަށް ވުރެއް ގިނަ ތަނެއް ބަލާ ފާސްކޮށް 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 4 މީހަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މީހުން ކަމަށާއި، އަދި އަނެއް 10 މީހުންނަކީ ހަރުކަށި ފިކުރުގެ މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ފަރާތްތައް ކަމަށް ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާލުވީ މި ތަހުގީގާ ގުޅިގެން 200 އަށްވުރެއް ގިނަ ފުޓޭޖް ބަލާ އެނަލައިސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށް ފައިނޭންޝަލް އޭންގަލް އަކުން ތަހުގީގުތައް ކުރިއަށް ދާކަމަށާއި، އަދި އެކަމުގައި އެމަރިކާގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަންވެސް ހޯދަމުން އަންނަކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ ބޮމުގެ ހަމަލާގައި ފޮރެންސިކް މުހިންމު ހެކިތަކެއް ވެސް ލިބިފައިވާކަމަށެވެ.
އިތުރު ތަފްސީލު އަންނަނީ–