Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި

މޭ 25 ގައި ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓެކްނިކަލް މައްސަލައެއް ދިމާވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަމުން އަންނަނީ އޮންލައިންކޮށެވެ.

މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި އޮތީ 10:00 ގައެވެ. މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ޖަލްސާ ފެށުން ލަސްވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވޭތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް އޮތީ އެންވާރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަވެސް ތާވަލުކޮށްފައެވެ. އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ވެސް އެޖެންޑާ ކޮށްފައިވެއެވެ.