Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

މިއަދުގެ ދެވަނަ މަރު، މަރުވީ 100 އަހަރުގެ ފިރިހެނެއް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 09:33 ހާއިރު ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 187 ކަށް އަރާފައެވެ.

ރޭ 12:19 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ މަރުވެފައެވެ.